ހއ. ފިއްލަދޫ ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަޤާމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހަމަޖެއްސި ބޭފުޅާއާއި މެދު ހިތްހަމަނުޖެހި، އެ ކައުންސިލްގެ ހުރިހާ މުވައްޒަފުން އެއްފަހަރާ އޮފީހަށް ސަލާމްބުނެފިއެވެ.
ފިއްލަދޫ ކައުންސިލުން ވާހަކަދެއްކި އިދާރީ މުވައްޒަފުން ''ތިލަދުން'' އަށް ބުނީ މި މައްސަލައިގައި ހިތްހަމަނުޖެހުން އުފެދުނީ އާންމު އުޞޫލުން ކައުންސިލުން އެސްޖީއެއްގެ ނަން ނިންމުމުގެ ބަދަލުގައި، ވަކި މުވައްޒަފަކަށް މަޤާމު ޙަވާލުކުރުމަށް، ސީދާ ސިވިލް ސާވިސް ކޮމިޝަނުން ސިޓީ ފޮނުވުމާ ގުޅިގެންކަމަށެވެ. މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނުފޫޒުން އައިސްފައިވާ ނިންމުމެކެވެ.
މީގެ އިތުރުންވަގުތީ ގޮތުން އެ މަޤާމާ ޙަވާލުވި ފަރާތަކީ ކުރިން އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމު ވެސް ފުރާފައިވާ ފަރާތެއް ނަމަވެސް، އެއީ މީގެ ކުރިން ވެސް މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރާ މުވައްޒަފެއް ނޫންކަމުގެ ތުހުމަތުވެސް އެ މުވައްޒަފުން ވަނީ ފާޅުކޮށްފައެވެ.
މި މައްސަލައިގައި ކައުންސިލްގެ ހުރިހާ މުވައްޒަފުން ކައުންސިލްގެ ރައީސާ މަޝްވަރާކޮށް، އެ ނިންމުން ބަދަލުކުރެއްވުމަށް އެދިފައިވާނެކަމަށް ވެސް މުވައްޒަފުން ހާމަކުރެއެވެ. ނަމަވެސް ސީއެސްސީން އަންގާފައިވާ ގޮތަށް ކުރިއަށްދާން ރައީސް ބޭނުންފުޅުވުމުން، ހިތްހަމަ ނުޖެހުން އިތުރަށް ބޮޑުވެގެން ދިޔަކަމަށް އެ މުވައްޒަފުން ބުނެފައިވެއެވެ. އެގޮތުން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ސްޓާފް ނައިޓްގައި ކައުންސިލްގެ މުވައްޒަފުން ބައިވެރިވެފައި ނުވާއިރު، އެ ހަފުލާއަށް ދިޔައީ ވޭޖް އުޞޫލުން ނަގާފައި ތިބި މަދު މުވައްޒަފުންކޮޅެކެވެ. މީގެ އިތުރުން، ހދ. ނޭކުރަންދޫ ކައުންސިލުން ފިއްލަދޫ ކައުންސިލަށް ކުރި ތަޖުރިބާ ދަތުރުގައި، އެ ކައުންސިލަށް މަރުޙަބާ ކިޔުމަށް ވެސް ފިއްލަދޫ ކައުންސިލްގެ އެއްވެސް މުވައްޒަފަކު ނުދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާމިދު ވިދާޅުވީ "ތިލަދުން"އަށް ވިދާޅުވީ، މިއަދު އޮފީސް ހުޅުވުނުއިރު އިދާރީ މުވައްޒަފުންނާއި، ޑްރައިވަރުންނާއި، އަދި ސަޕޯޓް ސްޓާފުން ވެސް ސަލާމް ބުނެފައިވާކަމަށެވެ. އަދި މިއަދު އޮފީހަށް ނިކުތީ ވަގުތީ އެސްޖީއަށް ހަމަޖެއްސި ފަރާތާއި، ތިން ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އެކަނިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޙާމިދު އިތުރަށް ވިދާޅުވީ މުވައްޒަފުން އޮފީހަށް ސަލާމްބުނުމާ ގުޅިގެން ކައުންސިލުން ދެމުން އައި އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ. އަދި ސިވިލް ސާވިސްއިން ވަގުތީ އެސްޖީއަކަށް ހޮވާފައިވަނީ އޮފީހުގައި ތިބި މުވައްޒަފުންގެ ތެރެއިން ރޭންކުގެ ގޮތުން އެންމެ މަތީ ފަރާތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފިއްލަދޫ ކައުންސިލްގެ މުވައްޒަފުން ބުނަމުންދަނީ، މިހާރު އެސްޖީއަކަށް ހުންނެވި ފަރާތް ބަދަލުކޮށް، ސިވިލް ސާވިސް ކޮމިޝަނުން ރަސްމީކޮށް އަންގަންދެން އަލުން ވަޒީފާއަށް ނުނިކުންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 3 ޚިޔާލެއް ލިބިފައިވޭ!
ދޮގާ މަކަރާ މީހުނައް ބިރު ދައްކާ މީހެއް ހާމިދަކީ.. ވޯޓްލާން ނުދާނަމޭ ބުނީމަ އެމީހުނާ ދިމާއަށް ބުނަނީ އުޅެންއުދަނގު ކުރާނަމޯ މި ތިޔަ ރައީސެއްގެ ފެންވަރު
ތިޔަ މީހަކަށް ތިޔަ މަޤާމް ދޭން ވައުދުވެފައޮތީ..ހާމިދު އަމިއްލައަށް ފިއްލަދޫ ވިޔަފާރި ވެރިންގެ ސޮއި ކޮށް ވަގު ލިޔުން ހަދައިގެން އެމައްސަލަ ތިޔަބުނާ ވަގުތީ އެސްޖީ ގެ ބައްޕަ ޕޮލިހަށް ހުށަހެޅީމަ މައްސަލަ ނަގައިފިއްޔާ ދޭން ބުނި މަޤާމެއްތި.. މައްސަލަ ޖެއްސީމަ ކައުންސިލަރު ކަމަށް ކުރިމަތި ނުލެވިގެން ތެޅިފޮނުނީ..އެހެންވީމަ ސިޔާސީ ގޮތުން ވެސް ދޭންތާ ޖެހޭނީ
ދެން ތި މުވައްޒަފުން ގޭގަ މަޑުކޮށްލާ.