ހޯރަފުށީ އެންމެންގެ ލޯބި ލިބިފައިވި ފާތުމާފުޅު ދައްތަގެ މަރާއި އެކު ހޯރަފުށީ ރައްޔިތުންނަށް ލިބުނީ ގަބޫލުކުރަން ދަތި ހަބަރެކެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް މީގެ އެތައް އަހަރެއް ކުރިން ފާތުމާފުޅު ދައްތަ ގެ ފިރިމީހާ ބުނިފަދައިން ''ﷲއޭ ދެއްވީ، ﷲއޭ ގެންދެވީ. ކެތްތެރިވާށޭ، ﷲ ނޫން އެހެން ފަރާތެއް ނެތޭ،" ހިތުގެ އަޑިން ގަބޫލު ކުރަން ޖެހޭނީ މިހެންނެވެ.

މުސްކުޅި ބަލީގައި އުޅޭތާ މަސްތަކެއް ފަހުން އުމުރުން 79 އަހަރުގައި ފާތުމާފުޅު މަރުވިއިރު އޭނާގެ 85 އަހަރުގެ ފިރިމީހާ ދޮންކޮއްކޮ އުޅެނީ މުސްކުޅި ބަލީގަ އެވެ.

Ad
rt

މީގެ އެތަކެއް އަހަރެއް ކުރިން ލިބުނު 12 ދަރިން މަރުވެގެން ދިޔުމާއި އެކުވެސް ކެތްތެރިކަމާއި އެކު މިދެމަފިރިން އެހެން މީހުން ނަށް ނަމޫނާ ދެއްކީ ހިތްވަރާއި އެކުގައެވެ.މިއަދު ލޯބިވާ ފިރިމީހާ ދޫ ކޮށް ﷲ ގެ ހަޟްރަތައް ދިޔައީ ވެސް ހަމަ އެ ކެތްތެރި ކަމުގައި އޮވެއެވެ.

ފާތުމާފުޅު ދައްތަ ނިޔާވުމާއި ގުޅިގެން ހޯރަފުށީގެ ރައްޔިތުންގެ އިހްސާސް އިނގިގެން ދިޔައީ ދައްތަ އަށް އެރަށު މީހަކު ލިޔުނު މި ސިޓީ އިންނެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎
ލޯބިވާ ފާތުމާފުޅު ދައްތާއެވެ! 😭💔
އިއްޔެ ރަށު ކުދިބޮޑު އެންމެގެ ބުރަކަށީގަ ލޯތްބާ އޯގާތެރިކަމުން ފިރުމާލަ ދިން ފިރުމާލުން ތަކުން ތިިޔަދިޔައީ ތާއަބަދައް އަހަރެމެންނާ ވަކިވެގެންނެވެ😭.
މިއަދު އެދުވަހު ފިރުމަަދިން އެންމެންވެސް ތިބާގެ ނިތްކުރީގަ ބޮސްދީ ފިރުމަދިނީ ލޯތްބާ އޯގާތެރިކަމާ ހިތްދަތިކަމުން އޮރިގެން ފައިބާ ހިފެހެއްޓުމެއް ނެތް ކަރުނަތަކާއެކު އަބަދުގެ އަބަދައް ވެސް ދެން ތިބާގެ އޯގަތެރި ކަން ނުލީބޭނެކަން އެގޭ ހާލު ގައެވެ!😭 ތޔައީ އަހަރެމެންގެ ހިތްތަކުގެ ރާނީ އެއްފަދަ އިންސާނެކެވެ.ލޯބި ހޯދީ ލޯބި ދީގެންނެވެ. އަހަރެމެންގެ ހިތްތަކުގަ ވިންދު ޖަހާ ހާ ހިނދަކު ތިބާގެ ހަދާންތައް ފުހެވިގެން ނުދާނެއެވެ.ކެތްތެރިކަމުގެ ލާމަސީލް ނަމޫނާއެކެވެ! 12 ދަރިންލިބި އެދަރިން ދުނިޔެއާ ވަކިވެ ދިއުމުން އެކަމާ މާޔޫސްވުމެއް ނާއުއްމީދުވުމެއް ނެތި އެ ލޯބި ދިނީ ރަށުގެ ރަތްޔިތުންނަށެވެ! ތިޔަލޯބިން މަޙްރޫމްވި ކަމުގެ އިޙްސާސް މުޅިރައް އެދަނީ ތަހައްމަލް ކުރަމުންނެވެ! ތިދިޔައީ އިއްޔެ އަހަރެމެން ހެއްވާލި އުފާވެރި ހެއްވާލުމައްވުރެ ބޮޑައް އަހަރެމެންގެ ހިތްތައް ރޮއްވާލާފައެވެ!😭 ކޮންމެވަކިވެ ދިއުމަކީ ހިތްދަތިކަމެކެވެ!
އަހަރެންގެ ދުޢާ އަކީ ތިބާއައް ހެޔޮ ރަހްމަތް ލައްވަވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރު ކުރައްވަވާ ކައްވަޅަކީ ތިބާއައް އަމާންތަނެއް ކަމުގައި ލައްވަވާ އަަރެމެންގެ ހިތްތަކުން ތިޔަނަން ފިލައި ނުދާ ހާލު ހެޔޮ ދުޢާ ތިބާއައްޓަކާ ކޮއްދޭ ބައެއްކަމުގަ ލެއްވެވުމެވެ! އާމީން 😭💔

މި ފާތުމާފުޅު ދައްތަ ނިޔާވުމާއި ހަމައަށް މި ދެމަފިރިންގެ ހަޔާތުން އެ ދައްކައިދިނީ، ކިތައްމެ ބޮޑު ހިތާމައެއް، ސިލްސިލާކޮށް ދިމާވިޔަސް، ދެ މީހުން އެކުގައި ބައިވެރިވެގެން އުޅުމެވެ. ދެ މީހުން އެކަކު އަނެކަކަށް ހިތްވަރުދިނުމެވެ. ދެ މީހުން ދޫނުކޮށްލުމެވެ. ޝުކުރުވެރިވުމާއި ކެތްތެރިވުމެވެ.އަޅުގަނޑުމެން ވެސް އެދެނީ ފާތުމާ ދައްތަގެ ފިރިމީހާއަށް ކެއްތެރިކަން ދެއްވާ ފާތުމަ ދައްތަ އަށް ސުވަރުގެ މިންވަރުވުމެވެ.