ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެރަށު ހުޅަނގުފަރާތުގައި ތަރައްގީކުރި "ރަށްމަތިފަންނު" މައިޒާން ހުޅުވައިފި އެވެ.
އެކަމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މައިޒާން ހުޅުއްވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، މިފަދަ މައިޒާނެއް ކުޅުދުއްފުށި ސިޓީގައި ޤާއިމް ކުރުމުގެ މައިގަނޑު އެއް މަޤުސަދަކީ، ރައްޔިތުން ހިތްހަމަޖައްސާލާ މުޖުތަމައުގެ ތެރޭގައި ގުޅުންބަދަހިކުރުމަށް ރަނގަޅު މާހައުލެއް ބިނާކުރުން ކަމަށެވެ.
މިތަން ތަރައްޤީކޮށްފައި ވަނީ ފާހާނާއާއި، ބީޗްހަޓް، ޝަވަރ، ބެންޗް އަދި އުނދޯލި ހިމެނޭގޮތަށެވެ.
ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްގެން ކޮށްފައިވާ މި މަސައްކަތަށް 1,155,584.74 ރުފިޔާ ޚަރަދުކޮށްފަ ވެއެވެ.
ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރުމާއި ގުޅިގެން އެ ސިޓީގެ މޭޔަރު އާތިފް ވިދާޅުވީ، ފިނި މައިޒާން ތަރައްގީ ކުރެވުނު ތަނަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަޖައްސާލަން އާއިލާއާއެކު ނިކުމެ މަޑުކޮށްލައިގެން ތިބޭތަނެއް ކަމަށެވެ. އަދި މިފަދަ މައިޒާނެއް ތަރައްޤީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިރިއުޅުމުގެ ހާސްކަން ފިލުވާލަން ނިކުމެ މަޑުކޮށްލާނެ ތަންތަން ރަށުގައި ނެތުންކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!