ހއ. އުތީމުގެ ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު، އެ ރަށުގެ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "އުތީމު ޔުނައިޓެޑް"ގެ ފަރާތުން އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އަށް ހަދިޔާކޮށްފިއެވެ.

މި އެހީތެރިކަމާ ގުޅިގެން އުތީމު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނަމުގައި ވަނީ އުތީމު ޔުނައިޓެޑަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

Ad
rt

މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އުތީމު ޔުނައިޓެޑްގެ 13 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. އެ ޖަމްޢިއްޔާގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އުތީމު ކައުންސިލުން ވަނީ އެ ޖަމްޢިއްޔާއާއެކު ޚާއްޞަ ބައްދަލުވުމެއް ބާއްވަވާފައެވެ.

މި ބައްދަލުވުމުގައި އުތީމު ކައުންސިލްގެ ފަރާތުން ވަނީ އުތީމު ޔުނައިޓެޑަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ކައުންސިލުން ބޭއްވި މި ބައްދަލުވުމާއި، އެ އިދާރާއިން ކީ ހޫނު މަރުޙަބާއަށްޓަކައި، އުތީމު ޔުނައިޓެޑްގެ ފަރާތުން ވަނީ ކައުންސިލްގެ މެންބަރުންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން، އުތީމުގެ ތަރައްޤީއަށާއި އެ ރަށުގެ ޒުވާނުންގެ ކުރިއެރުމަށް ކައުންސިލާ ގުޅިގެން މަސައްކަތް ކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަން ވެސް އުތީމު ޔުނައިޓެޑުން ވަނީ ދީފައެވެ.