އަށް ރަށެއްގައި އައުޓް ޑޯ ވޮލީކޯޓު އަޅަން ޔޫތު މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

އެރަށްތަކުގައި އައުޓްޑޯ ވޮލީކޯޓު ތަރައްޤީކުރުމަށް ޔޫތު މިނިސްޓްރީން މިއަދު ހަވާލުކުރީ ޓްރިޕަލް އެއިޓް އަދި ބްރިލިއަންޓް ކޮމްޕެނީ އާއެވެ.

Ad
rt

މިއަދު ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ދަށުން ހދ. ކުރިނބީ، ޅ. ކުރެންދޫ އަދި ބ. ދަރަވަންދޫ ގައި ވޮލީކޯޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައި ވަނީ ޓްރިޕަލް އެއިޓް އަށެވެ.

މޯގެ އިތުރުން ހއ. ހޯރަފުށި، ހދ. ވައިކަރަދޫ، ނ. މާފަރު އަދި ބ. ކިހާދޫގެ އިތުރުން އއ. ހިމަންދޫ ގައި ވޮލީކޯޓު ތަރައްޤީކުރުމަށް ހަވާލުކޮށް ފައި ވަނީ ބްރިލިއަންޓް ކޮމްޕެނީ އާއެވެ.

ޔޫތު މިނިސްޓްރީން މީގެ ތިން ދުވަސް ކުރިން ވަނީ ސަތާރަ ރަށެއްގައި ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރަން ވެސް ކުންފުނިތަކާކާއެކު ސޮއިކޮށްފައެވެ.

މީގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ހދ. ވައިކަރަދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމާއި، ށ. ފޭދޫ އަދި ހދ. ނާވައިދޫގައި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ގާއިމުކުރުމުގެ މަސައްކަތާއި އަދި ހދ. ނޭކުރެންދޫ ފުޓްބޯޅަ ދަނޑަށް ޓާފް ސަޕްލައިކޮށް އިންސްޓޯލް ކުރުން ހިމެނެއެވެ.