ޅައިމަގުގައި ކުރިއަށް ގެންދިޔަ ޖަމާއަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ފޮޓޯ: ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ
ފޮޓޯ: ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ

ށ. ޅައިމަގުގައި ކުރިއަށް ގެންދިޔަ ޖަމާއަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި ޕްރޮގްރާމަކީ ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޅައިމަގުގެ ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން މި މަހުގެ 19 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި ހަތަރު ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މީގެ ކުރިން ވެސް ވަނީ މުހިންމު ހަރަކާތްތަކެއް ހިންގާފައެވެ. އޭގެ އެއް ހަރަކާތަކީ ''އެހީވަމާ " ޝިޔާރުގެ ދަށުން ހިންގި ހަރަކާތެވެ. މި ހަރަކާތުން ލިބުނު އަންނައުނުތައް ވަނީ ފުނަދޫގައި ހުންނަ ށ. އަމާންވެށީގައި ތިބޭ ކުދިން ބޭނުން ކުރުމަށް ހަވާލުކޮށްފައެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ދުވަސްތައް ފާހަގަ ކުރުމުގައާއި، އެކިއެކި އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް އެ ކޮމެޓީން އަންނަނީ ފުރިހަމަ ބައިވެރިވުން ދެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި