ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މޫދު ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން، ބާރަށު ކައުންސިލާއި، އެމް.އެން.ޑީ.އެފް އާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ.
ބާރަށު ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ދެ ޖިންސްގެ ހުރިހާ އުމުރުފުރައަކަށް އަމާޒުކޮއްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި އޮގަސްޓް މަހުގެ 28 އިން ފެށިގެން 22 ދުވަހުގެ މުއްދަތަށެވެ.
ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 24 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ ފޯމް ފުރިހަމަކުރުމަށް ފަހު ބާރަށު ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރިހަމަކުރަން ޖެހޭ ފޯމް ދޫކުރުމާއި ބަލައިގަތުން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް ބާރަށު ކައުންސިލް އިދާރާގެ ކައުންޓަރުން ކުރިއަށްދާނެ ކަމުގައި އެ ކައުންސިލުން ހާމަކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!