ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅަން މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.

Ad
rt

މި މަޝްރޫޢަށް 120،405،400.00 ރުފިޔާ ހޭދަވާއިރު، މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވިގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނާއެކު އެ މިނިސްޓްރީން މިއަދުވި އެއްބަސްވުމުގެ ދަށުން ދިއްދޫގައި 700 އަކަފޫޓުގެ، ދެ ފަންގިފިލާގެ 75 ރޯހައުސް އިމާރާތް ކުރާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ދިއްދޫގައި މީގެ ކުރިން ވެސް ދިއްދޫގައި ހައުސިން ޔުނިޓްތަކެއް އިމާރާތްކޮށްފަވެއެވެ. އެއް ބުރިއަށް އިމާރާތްކޮށްފައިވާ މި ޔުނިޓްތަކުގައި މިހާރު މީހުން ވެސް ދަނީ ދިރިއުޅެމުންނެވެ.

ހަތަރު ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ދިއްދޫއަކީ ބިމުގެ ދަތިކަން ކުރިމަތިވުމުން ބިން ވެސް ހިއްކާފައިވާ ރަށެކެވެ.