ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އެ ރަށުގައި ފަޔަފައިޓަރުން ތަމްރީން ކުރުމުގެ ކޯހެއް ހިންގަން ނިންމައި އެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިއްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައު ވަނީ އެ ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެންނެވެ.
މި ކޯހުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން 08 އޯގަސްޓް 2022 ވަނަ ދުވަހުން ފެށިގެން 15 އޯގަސްޓް 2022 ވަނަ ދުވަހުގެ ނިޔަލަށް އެ ކައުންސިލް އިދާރާގައި ނަން ނޯޓް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މީގެ އިތުރުން ދިއްދޫ ކައުންސިލުން ވަނީ އެ ކައުންސިލާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިޔަށް ގެންދާ ސެޓްފިކެޓް ލެވެލް 2 ގެ ނިޔަމި ކޯހެއް ވެސް ފަށާފައެވެ. އެ ކޯސް ފެށީ މިދިޔަ ޖޫން 30 ވަނަ ދުވަހުއެވެ.
ދިއްދޫ ކައުންސިލުން ވަނީ މިއަހަރުގެ މާރިޗް މަހު އެރަށުގައި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހެއް ވެސް ހިންގާފައެވެ. މި ކޯހަކީ ދިިއްދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިޓެކްނިކް އަދި ހއ. އަތޮޅު ކައުންސިލް ގުޅިގެން ހިންގި ކޯހެކެވެ. މިއީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!