‏ފަރުމަސްވެރިކަމަށް ޚާއްސަކޮށް ދިވެހިރާއްޖޭގައި އެޅުނު ފުރަތަމަ ވާދޫ މަސް ކަނދު‬⁩ފަތި ގެއްލިއްޖެއެވެ.

މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް އިހަވަންދޫ މަސްވެރިންގެ ގުރޫޕަކުން ބުނީ‏ ފަރުމަސްވެރިކަމަށް ޚާއްސަކޮށް ދިވެހިރާއްޖޭގައި އެޅުނު ފުރަތަމަ ވަދުމަސްކަނދު‬⁩ފަތި ނަންބަރު ⁦C08V01 ގެއްލިފައި ވާކަމަށާއި މި ކަނދުފައްޗަކީ ހއ.މޮޅަދޫގެ ދެކުނުން 1.5 މޭލު ބޭރުގައި ފިޝަރީޒްގެ ⁧‫ކަނދުފަތި ޓީމު‬⁩ން އަޅައިދީފައިވާ ކަނދުފައްޗެއް ކަމަށެވެ.

Ad
rt

އެ ސަރަހައްދުގައި މަސްވެރިކަންކުރާ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި އެ ކަނދު ނުފެންނަތާ މިހާރު ދެ ހަފުތާ އެއްހާ ދުވަސް ވެދާނެއެވެ.

މިކަމާ ގުޅޭ ގޮތުން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން މޮޅަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާދު ވިދާޅުވީ އެފަދަ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިވާ ނުވާކަމަށެވެ.

އަދި އެކަން އެއްވެސް ފަރާތަކުން އެ ކައުންސިލަށް ރިޕޯޓު ކޮށްފައި ނުވާކަމަށް ވެސް ސިނާދު ވިދާޅުވިއެވެ.

އެހެންކަމުން މިކަން ވީ އެންމެ އަވަހަކަށް ބައްލަވައި ކަމާބެހޭ ފަރާތްތަކާ މި މަޢުލޫމާތު ޙިއްސާ ކުރައްވާނެ ކަމަށްވެސް މޮޅަދޫ ކައުންސިލުން ވިދާޅުވިއެވެ.

މީގެ ހަތް މަހެއް ހާ ދުވަސް ކުރިން ހއ. މޮޅަދޫ ދެކުނުގައި އަޅާފައިވާ "ވަދުމަސްކަނދު" އަކީ ކުރިން އެޅި އެފަދަ ކަނދެއް އަޑިޔަށް ދިޔުމާއި ގުޅިގެން އަޅާފައިވާ ކަނދެކެވެ.

މިކަނދުގައި ދަތުރުފަތުރު ކުރުމުގެ ސަލާމަތަށްޓަކައި ލައިޓެއްވެސް ވާނީ ހަރުކޮށްފައެވެ.