މި އަހަރުގެ ކުރީކޮޅު ކުޅުން ހުއްޓާލިކަން އިއުލާންކުރި، ޒުވާން ހުނަރުވެރި ފޯވާޑް އަހްމަދު އިމާޒް، އާއްކޮ އަލުން އެނބުރި ބޯޅަ ދަނޑަށް އައުމަށް ތައްޔާރުވެއްޖެއެވެ.
އާއްކޮ އެނބުރި ދަނޑަށް ނުކުންނަނީ ވިކްޓްރީ ގެ ކުޅުން ތެރިއެއްގެ ގޮތުގައެވެ.
2018 ވަނަ އަހަރުގެ ސާފްޗެމްޕިންޟިޕް ތަށި ރާއްޖެއަށް ހޯދައިދިން ގައުމީޓީމްގައި ހިމެނުނު އާއްކޮ ޒުވާން އުމުރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލި ހަބަރަކީ މުޅި ފްޓްބޯޅަ އާއިލާއަށްވެސް ސިހުންގެނުވި ހަބަރެކެވެ.
މަހެންދުރަ ރާޖަބަކްސާ ރާއްޖެއަށް ހޯދައިދިން ހުނަރުވެރި ފޯވާޑް އެނބުރި ދަނޑަށް ނުކުތުމަކީ ފުޓްބޯޅަ އަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި ހަބަރަކަށް ވާނެކަން ޔަގީނެވެ.

އާއްކޮ އެނބުރި އައިސް ކުޅޭ ފުރަތަަމަ މެޗް ކުޅޭނީ މިޔަދު ބީޖީ އާއި ދެކޮޅަށެވެ. މިއީ ދެވަނަ ޑިވިސަންގެ މެޗެކެވެ.
ސީނިއަރ ގައުމީ ޓީމުގެ އިތުރުން އުމުރުފުރާތަކުގެ ގައުމީ ޓީމުގައި ހިމެނި ފުޓްބޯޅައިގައި ރާއްޖެއަށް ކާމިޔާބް ތަކެއް ހޯދައިދީފައިވާ އާއްކޮގެ މިހާރު ބޭނުންވަނީ ވިކްޓްރީއަށް ފުރަތަމަ ޑިވިސަނުން ޖާގަ ހޯދައިދިނުމެވެ.
އެންމެ ފަހުން އާއްކޮ ފެނިފައިވަނީ ކުލަބް ވެލެންސިއާ އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!