ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވެ ވިއްސާރަ ވާނޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ލަފާ ކުރައްވައިފިއެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރަށް އިތުރަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށެވެ.

Ad
rt

އެގޮތުން އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އެންމެ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ. މި ސަރަހައްދުގެ ރަށްތަކަށް ޢާއްމު ގޮތެއްގައި ވަޔާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރައްވާފައި ވެއެވެ.

އިއްޔެ ވެސް އުތުރުން ހއ އިން ފެށިގެން ދ އަތޮޅާ ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލަރޓް ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ވާރޭވެހިފައި ވަނީ ވ. އަތޮޅަށް ކަމަށެވެ. އެގޮތުން ވ. ރަކީދޫ އަށް 7.5 މިލިމީޓަރުގެ ވާރޭ އިއްޔެ އެކަނި ވެސް ވެހިފައިވާ ކަމަށް ދައްކައެވެ.

އުތުރާއި ރާއްޖޭގެ މޫސުން ދެން ރަނގަޅުވާން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މި ދުވަސްވަރު ކަނޑުތައް ގަދަވެ މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.