ށ އަތޮޅު މަދަރުސާގައި ރީޑިންގ ޕާކެއް ޤާއިމު ކުރުމުގެ މަސައްކަތުގައި ށ. އަތޮޅު ކައުންސިލުން ބައިވެރިވެ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ށ. އަތޮޅު ކައުންސިލުން ސޮއިކުރައްވާފައި ވަނީ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމް އެވެ.

Ad
rt

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ ށ އަތޮޅުގެ ތަރައްޤީގެ މައި ނާރެހަކީ އަތޮޅުގެ ތަޢުލީމީ ޖީލު ކަމަށާއި އެހެންކަމުން މި ޖީލު ބިނާ ކުރުމުގެ މަސައްކަތުގައި މުޅި ށ. އަތޮޅު ގުޅިގެން ކުރިއަށް ދިޔުމުގެ ދަތުރު ފެށިފައި ވާކަމަށެވެ.

އެގޮތުން ށ އަތޮޅުގެ ތަޢުލީމީ ދާއިރާގެ އެންމެ އިސް މުވައްޒަފުން ގުޅިގެން އެއް އަމާޒަކަށް ވާޞިލުވުމުގެ މަސައްކަތް އެންމެން އެއް ތަނެއްގައި އެކުގައި ތިބެގެން ފެށިފައި ވާކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ށ އަތޮޅުގެ ސްކޫލުތަކުގެ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށް ށ.އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް ށ އަތޮޅު މަދަރުސާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ށ އަތޮޅު މަދަރުސާގައި ރީޑިންގ ޕާކެއް ޤާއިމު ކުރުމުގެ މަސައްކަތުގައި މީގެ ކުރިން ށ ކަނޑިތީމު ކައުންސިލުންވެސް ވަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.