ޢީދު ފާހަގަ ކުރުމަށް ށ. އަތޮޅުގެ ކޮންމެ ރަށަކަށް ފަސް ހާސް ރުފިޔާ ދިނުމަށް ށ. އަތޮޅު ކައުންސިލުން ނިންމަވައިފިއެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ށ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ށ. އަތޮޅުގައި ކުލަގަދަ ގޮތެއްގައި މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރެއްވުމަށް ކައުންސިލުތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމަށް އަތޮޅު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވާކަމަށެވެ.

Ad
rt

އެގޮތުން މި އަހަރުގެ އަޟްޙާ އީދުގައި ދިވެހި ޘަޤާފީ ކުޅިވަރުތައް ދިރުވައި އާލާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ށ ކައުންސިލުން ށ.އަތޮޅު ކޮންމެ ރަށަކަށް ފަސް ހާސް ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވާ ކަމަށް ށ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ށ.އަތޮޅު ރަށްރަށުގެ ކައުންސިލުތަކަށް ތަފާތު ގިނަ ދާއިރާ ތަކަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަތޮޅު ކައުންސިލުން އަންނަނީ މިހާރުވެސް ނަމޫނާ ދައްކަމުންނެވެ.

މީގެ އިތުރުން އަތޮޅުގެ ހުރިހާ ރަށެއްގައި ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އަތޮޅު ކައުންސިލުން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.