މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން އެމިނިސްޓްރީގެ މުވައްޒަފުންގެ ކޮރްޕްޝަންގެ މައްސަލައެއް އުޅޭތޯބަލަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ.

އަމިއްލި ފަރާތަކުން މިނިސްޓްރީއަށް ހުށައެޅި މައްސަލައަކަށް ޖަވާބު ދެއްވަމުން މިނިސްޓްރީން ފޮނުވި ސިޓޭގެ ޖަވާބުގައި ބުނެފައިވަނީ މިނިސްޓްރީގެ އެއްވެސް މުވައްޒަފެއް ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ އާއި މަޤާމުގެ ނޫފުޒު ނާޖާއިޒުގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާ ތަޙްޤީޤުކޮށްދެއްވުމަށް އެދި މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ.

Ad
rt

ރައީސް ޔާމީންގެ ވެރިކަމުގައި ހއ ދިއްދޫއިން ދޫކުރި 250 ހައުސިންގ ޔުނިޓްތައް ބެހުމުގައި ކޮރަޕްޝަން ހިމެނޭކަމަށްބުނެ އަމިއްލަ ފަރާތަކުން މައުލޫމާތު ސާފުކުރަން ހުށައަޅި މައްސަލައިގެ ޖަވާބުގައި ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ ހއ.ދިއްދޫގައި އިމާރާތް ކުރެވިފައިވާ 250 ހައުސިންގ ޔުނިޓްތަކާ ގުޅިގެން ކޮށްފައިވާ މަސައްކަތަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތެއްކަމަށްވުމުން، މިމަސައްކަތް ކޮށްފައިވާ މުވައްޒަފުންނަކީ މިމިނިސްޓްރީގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުން ކަމުގައި ނުވާތީ އެފަރާތުން އެދިލައްވާފައިވާ މަޢުލޫމާތަކީ ފުރިހަމަ ތަޙްޤީޤަކާ ނުލައި މިވަގުތު މިމިނިސްޓްރީއިން ދިނުމަށް ދަތި މަޢުލޫމާތުތަކެއް ކަމުގައެވެ.

މި މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އަށް ހުށައެޅުއްވީ ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ ޙާޝިމް އެވެ. އަލީ ޙާސިމް ވިދާޅުވީ ދިއްދޫގައި ހުރި ފްލެޓްތައް ނުހައްޤުން، ޤާނޫނާ ޚިލާފަށް ބަހާލި ކުރީގެ ހައުސިންގ މިނިސްޓަރ މުޙައްމަދު މުއިއްޒު އަދި މުވައްޒަފުންގެ މައްސަލަ ތަހްޤީޤު ކުރާނެ ކަމަށެވެ.