ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޖަލާލުއްދީން ސްކޫލު ދަރިވަރުން ސިއްރު ފެންފުއްޓަށް ގެންގޮސްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ސިއްރުފެންފުއްޓަށް ގެންގޮސްފައި ވަނީ އެ ކައުންސިލާއި ފެއަރމަންޓް މޯލްޑިވްސް ސިއްރުފެންފުށި ރިސޯޓް ގުޅިގެން ކުރިއަށް ގެންދާ ސްކޫލް ތަޖުރިބާ ދަތުރުތަކުގެ ތެރެއިން ކަމުގައެވެ.
މިއީ މިފަދަ ދެވަނަ ދަތުރުު ކަމަށާއި މި ދަތުރުގައި ރިސޯޓަށް ގެންގޮސްފައި ވަނީ ޖަލާލުއްދީން ސްކޫލްގެ ބީޓެކް ހޮސްޕިޓާލިޓީ އަދި އިކޯ ކްލްބްގެ ދަރިވަރުން ކަމަށެވެ.
ދަރިވަރުންގެ މިދަތުރުގައި ފަތުރުވެރިކަމުގެ ސިނާއަތް ހިނގާ ގޮތް އަމަލީ ގޮތުން ތަޖުރިބާ ކޮށްފައިވާއިރު، ރިސޯޓުގެ ސަސްޓެއިނަބިލިޓީ ލެބަށް ޒިޔާރާތްކޮށް ޕްލާސްޓިކް ރީސައިކަލްކުރާ ގޮތް ބަލައި ތަޖުރިބާ ކޮށްފައި ވާ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ރިސޯޓުގެ ސަސްޓެއިނަބިލިޓީ ޓީމުން ކުރިއަށް ގެންދިޔަ މާސްޓާ ކްލާހެއްގައިވެސް މި ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ދަރިވަރުންގެ މި ދަތުރުގައި ރިސޯޓުގައި ހުރި ވަޒީފާގެ ފުރުސަތު ތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައި ވާއިރު ކެރިއަރުގައި މި ދާއިރާގައި ކުރާނެ ކަންކަން ޢަމަލީގޮތުން ތަޖުރިބާ ކޮށްފައި ވެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ފެއަރމަންޓް މޯލްޑިވްސް ސިއްރުފެންފުށި ރިސޯޓާއި ގުޅިގެން ކުރިއަށް ގެންދާ ސްކޫލް ތަޖުރިބާ ދަތުރުތަކުގެ ތެރެއިން ޖަލާލުއްދީން ސްކޫލްގެ ބީޓެކް ހޮސްޕިޓާލިޓީ އަދި އިކޯ ކްލްބްގެ ދަރިވަރުންނާއެކު ހޮނިހިރުދުވަހުވަނީ ރިސޯޓުގައި ކުރިއަށް ގެންގޮސްފައި. pic.twitter.com/456PxljTWs
— Kulhudhuffushi City Council (@kfcitycouncil) June 21, 2022
ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ސްކޫލް ތަކުގެ ތަޖުރިބާ ދަތުރުތަކަށް ފެއަރމަންޓް މޯލްޑިވްސް ސިއްރުފެންފުށި ރިސޯޓުން ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލުން ފާހަގަ ކޮށް އެކަމަށް ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!