ނ. ލަންދޫގައި ދެ ރުއް ދޭތެރޭ ފިތިގެން ބިދޭސީއަކު ނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން އުޅުމުގެ ތެރޭގައެވެ.

Ad
rt

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ، ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން އުޅުމުގެ ތެރޭގައި، ދެ ރުއް ދޭތެރޭ ބިދޭސީއަކު ފިތިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް މިއަދު ހަވީރު 16:15 ހާއިރު ލިބުނު ކަމަށެވެ.

"ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ، 53 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބައްލަވަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.