ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.
މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށް ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުން ކަމަށް އެނގިފައިވެ އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މި ނިންމުމާ އެކު މައްސަލަ ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެންނެވެ.
ޕީޖީ ޝަމީމްއާ ގުޅޭ ގޮތުން އެމްޑީޕީގެ ޕީޖީ މެންބަރުންގެ ހިތްހަމަނުޖެހުން އޮތް ސަބަބެއް މުޅިއަކުން އަދި ތިލައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!