އިމާރާތް ކުރުމުގައި އުފެދޭ ކުނި އުކާލާ ވަގުތުތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބަދަލު ގެނެސްފިއެވެ.
އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ އިމާރާތް ކުރާއިރު އުފެދޭ ކުނީގެ ތެރޭގައި ހިމެނޭ ވެއްޔާއި ގާ ކުނޑިއާއި ގަލާއި ލަކުޑި އަދި ބޮޑެތި ކުނި އުކާލާ ވަގުތުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
މި ބަދަލު ގެންނާނީ 11 ޖޫން އިން ފެށިގެން ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ބަދަލާއެކު މިފަދަ ކުނި އުކާލެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ރޭގަނޑު 9:00 އަށެވެ.
ބަދަލާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!