ސަރުކާރުން މަސައްކަތް ކުރައްވަނީ ކައުންސިލްތަކުގެ ޚިޔާލާއި ވިސްނުމާ އެއްގޮތަށް މަޝްރޫޢުތައް ބައްޓަންކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ހައްދުންމަތީ މާބައިދޫ ކައުންސިލާއި ރައީސް އޮފީހުގައި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކައުންސިލްތަކުގެ ހިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫޢުތަކާއި ސަރުކާރުން ހިންގަވާ މަސައްކަތްތައް ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި، މާބައިދޫ ސްކޫލަށް ދިމާވެފައިވާ ޖާގައާއި ވަޞީލަތުގެ ދަތިކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށް ގިރުމުގެ މައްސަލައަކީ މި އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށްދާ މަސައްކަތެއްކަން ފާހަގަ ކުރައްވައި، މާބައިދޫ ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވައި ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ލ މާބައިދޫ ކައުންސިލަށްވަނީ އަރުވާފައިވެއެވެ.
މި ބައްދަލުވުމުގައި މާބައިދޫގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަމާބެހޭ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާއި މާބައިދޫ ކައުންސިލުންވަނީ ހިއްޞާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!