ހއ. އިހަވަންދޫ ފުޓްސަލްދަނޑު ވޮލީ ކޯޓަކަށް ބަދަލު ކުރަން ނިންމާފައި ނުވާކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ފުޓްސަލް ދަނޑާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޙަޤީޤަތް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުން ގެންދާކަމަށް ބުނެ ކަމުގެ ޙަޤީޤަތް ސާފުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ފުޓްސަލް ދަނޑުގައި އަޅާފައިހުރި ޓާރފްތައް ހަލާކުވެ ގިނަދުވަސް ތަކެއްވެފައި ވާކަމަށެވެ.
އެހެންކަމުން ހަލާކުވެފައިވާ ޓާރފްތައް ނެގުމަށްފަހު ފުޓްސެލް ދަނޑުގައި ކުރިން އަޅާއިހުރި ޕްލާސްޓިކް މެޓް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
މި މަސައްކަތް ނިމުމުން ކުރިއެކޭވެސް އެއްގޮތަށް ފުޓްސެލްދަނޑުގެ ބޭނުން ދެޖިންސުގެ ޒުވާނުންނަށްވެސް ހިފޭނެކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!