މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. އެގޮތުން ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ ތެރެއިން 396 ހިއްސާދާރުންގެ ވޯޓުންނެވެ.
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި 556 ހިއްސާދާރުން ބައިވެރިވިއެވެ.
މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެމްޓީސީސީއިން 5.6 މިލިއަން ހިއްސާ ތަމްސީލު ކުރިއެވެ. އެއީ ކުންފުނީގެ ޖުމްލަ ހިއްސާގެ 70 އިންސައްތައެވެ.
އެމްޓީސީސީގެ ހިއްސާގެ ފައިދާ ބަހާނީ 18 އޭޕްރިލް 2022 ގެ ނިޔަލަށް އެ ކުންފުނީގައި ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންގެ މެދުގައެވެ.
ހިއްސާގެ ފައިދާގެ އިތުރުން 2022 ވަނަ އަހަރަށް 498 ހިއްސާދާރުންގެ ވޯޓާއެކު ޕްރައިސްވޯޓަރހައުސްކޫޕަރސް ވަނީ އޮޑިޓަރުންގެ ގޮތުގައި ހަމަޖައްސާފައެވެ. އެ ކުންފުނީގެ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 478،590 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!