ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި ށ. ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވައިފި އެވެ.

ފުނަދޫ ކައުންސިލުން މިއަދު ބުނީ ރައީސް މައުމޫނަށް ޝުކުރު ދަންނަވާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ އަރިހަށް ފުނަދޫ ކައުންސިލްގެ މުވައްޒަފުންނާއި ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމެޓީން ކުރި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންކަމަށޭވެ.

Ad
rt

މިބައްދަލުވުމުގެ ފޮޓޯތައް ހިއްސާ ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ، މިއަދު ށ. ފުނަދޫކައުންސިލްއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމިޓީގެ މެންބަރުންނާ ބައްދަލު ކޮށްލުމަކީ ލިބުނު ވަރަށްބޮޑު އުފަލެއްކަމުގަ އެވެ.

"އެބޭފުޅުން އަޅުގަނޑަށް ވިދާޅުވި ހޫނުމަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެފުންމިނުން ޝުކުރު ދަންނަވަން."

ރައީސް މައުމޫން ވިދާޅުވި އެވެ.

އަމިއްލަ ދަތުރުފުޅެއްގައި ރައީސް މައުމޫން ފުނަދޫއަށް ވަޑައިގެންނެވީ މިމަހުގެ 12 ވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.