ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއިން ރޭންޖާސް ބަލިކޮށް އައިންޓްރަކްޓް ފްރޭންްކްފާޓުން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗް 120 މިނެޓް ނިމުނު އިރު އޮތީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވެފައެވެ.
މެޗްގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ރޭންޖާސް އިންނެވެ. މެޗުގެ 57 ވަނަ މިނެޓްގައި މިގޯލް ކާމިޔާބް ކޮށްދިނީ ޖޯ އަރީބޯ އެވެ.

Ad
rt

އޭގެ 12 މިނެޓް ފަހުން ފްރެންކްފާޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗްގެ 69 ވަނަ މިނެޓް ގައި ރަފައެލް ސަންޓޯސް ބޯރޭ އެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީގައި ކޮންމެ ޓީމަކުން 5 ޕެނަލްޓީވަނީ ފޮނުވާލައިފައެވެ.
ފްރޭންކްފާޓް ގެ 5 ޕެނަލްޓީ ކާމިޔާބް ކުރިއިރު ، ރޭންޖާސްގެ އާރޮން ރަމްސޭ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބް ވެފައެވެ.
ފްރޭންކްފާަޓް ގެ ޕެނަލްޓީތައް ޖެހީ ކްރިސްޓޮފާ ލެންޒް، އަޖްޑިން ރުސްޓިޗް، ޑައީޗީ ކަމާޑާ، ކޮސްޓިޗް އަދި ބޯރޭ އެވެ.
ރޭންޖާސްގެ ޖޭމްސް ޓަވޭނިއާ، ސްޓީވެން ޑޭވިސް، ސްކޮޓް އާފީލްޑް، ކެމާ ރޫފް ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް ރަމްސޭ ޖެހި ޕެނަލްޓީ ފްރޭންކްފާޓް ކީޕަރު ކެވިން ޓްރަޕް ވަނީ މަތަކޮށްފަ އެވެ

މިއީ 1980 ގެ ފަހުން ފްރެންކްފާޓަށް ޔޫރަޕްގެ ތައްޓެއްގައި އަތްލަން ލިބުނު ފުރަތަމަ ފަހަރެވެ.