ބޮމުގެ ހަމަލާގެ ޝަރީއަތުގައި ހެކިބަސް ނެގުން އަންނަ މަހު ފަށަނީ

2762088C-1721-489E-9C47-2AB84D9CBC78

މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ކުރާ ދައުވާގައި ހެކިބަސް ނެގުމުގެ މަރުހަލާ އަންނަ މަހު ފަށާނެ ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރައްވައިފި އެވެ.

ބޮމެއް ގޮއްވާލައިގެން މިދިޔަ އަހަރު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ބޮޑެތި ދައުވާތަކެއް ކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބެންޗުން އިއުލާން ކުރެއްވީ ހެކިބަސް ނެގުމަށްޓަކައި އަންނަ މަހު ތިން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި އިތުރު އަޑުއެހުމެއް މިމަހު ފަހުކޮޅު ވެސް ބާއްވާނެ ކަން ބެންޗުން އިއުލާން ކުރި އެވެ.

މިއަދު ވަނީ ދައުލަތުން ހުށަހެޅި ބައެއް ހެކިތައް ސިއްރުކުރަން ނިންމައިފަ އެވެ. އެއީ ސިއްރު ހެކިންގެ ބަޔާންތަކާއި ސިފައިންގެ ބައެއް މީހުންގެ ހެކިބަހެވެ. އަދި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި އޮސްޓްރޭލިއާ ފުލުހުންގެ ރިޕޯޓްތަކެއްގެ ވަކި މިންވަރެއް ސިއްރުކުރަން ނިންމި އެވެ.

ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް 23 އަހަރަށް މިހާރު ހުރި ޖަލަށްލައިފަ އެވެ. އޭނާ ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *