އިންޑިޔާ ސަރުކާރުގެ އެހީގައި ނިއުދިއްލީ ފަޔަރ ޓްރެއިނިންގ ސެންޓަރގައި 2020ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އެއެއަރޕޯޓު ބޭސިކް ފަޔަރމަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާރު ތަރައްގީ ކުރަމުންދާ ހދ. ކުޅުދުއްފުށީ އެއަރޕޯޓު، ށ. ފުނަދޫ އެއަރޕޯޓު އަދި ހއ. ހޯރަފުށި އެއަރޕޯޓު އަށް ކޮންމެ އެއްޕޯޓަކަށް ފަސް ފުރުސަތު ލިބިއްޖެއެވެ.

ޖުމްލަ20 ފުރުސަތެއް ހުޅުވާލެވިފައިވާއިރު ދެން ލިބިައިވާ އިތުރު ފަސް ފުރުސަތު ހުޅުވާލާފައިވަނީ ގދ. މާވަރުލު އެއަރޕޯޓަށްށެވެ.

Ad
rt

އެތެރޭގެ އެއާޕޯޓުތައް ބަލަހައްޓާ ރީޖަނަލް އެއާޕޯޓްސް ކުންފުނިން ނެރުނު އިޢުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ޓްރޭނިން ޕުރޮގްރާމްގައި ބައިވެރިވެވޭނީ ސާނަވީ އިމްތިހާނަކުން އިނގިރޭސި އަދި ހިސާބު މިދެމާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން "ސީ" ގްރޭޑް ލިބިފައިވީނަމައެވެ.

އޭގެ އިތުރުން ޢުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހެއްކަމުގައި ވުމާއިއެކު، މިމަޤާމަށް ބޭނުންވާ މެޑިކަލް ޓެސްޓް އިން ފާސްވެ ސިއްޙަތު ރަނގަޅު މީހެއް ކަމުގައިވާން ޖެހޭނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިޓްރެއިނިންގ ކޯސް ފުރިހަމަ ކުރުމަށްފަހު އެއަރޕޯޓުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ އެފަރާތުން ހުޅުވާލާފައެވެ.