ހއ. އުތީމު ކަރަންޓު ކޭބަލް ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ކޯރުކޮނެ ކޭބަލް ވަޅުލުމަށް އަންބަލަން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފި އެވެ.
މިމަސައްކަތް ކުރުމަށް، އަންބަލަން ކޮންސްޓްރަކްޝަން އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު އެގްރިމެންޓްގައި ސޮއި ކުރެވިފައިވަނީ އިއްޔެ އެވެ.
އުތީމު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުޙައްމަދު ހަމްދޫން ވިދާޅުވީ، މިއީ މީގެ 30 އަހަރު ކުރިން އެރަށުގައި އަޅާފައިވާ ކޭބަލް ނެޓްވޯކް ބަދަކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.
“މިކަމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ސާލިހް އަށާއި ބާރަށު ދާއިރާގެ އިއްޒަތްތެރ މެމްބަރު އަހްމަދު އަބްދުﷲ އަށާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދަށް ޝުކުރު ދަންނަވަން“
މުޙައްމަދު ހަމްދޫން ވިދާޅުވިއެވެ.
ސަރުކާރުން ވަނީ އުތީމު ގެ ކަރަންޓް ޙިދުމަތް އިތުރު ހަރުފަތަކައް ގެންގޮސްދިނުމުގެ ގޮތުން އައު އިންޖީނުގެ އެއް އިމާރަތް ކޮށް 400 ކިލޯވޯޓް ގެ އައު ދެ ޖަނަރޭޓަރ އެރަށަށް ފޮނުވާފަ އެވެ.
ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައި ވަނީ 9 ފެބުރުވަރީ 2019 ގައެވެ. 973 މީހުންގެ އާބާދީއެއް އޮންނަ މިރަށުގައި އަލަށް އިމާރާތް ކުރެވޭ އިންޖީނުގޭގެ ސަބަބުން ރަށުގެ ކަރަންޓުގެ ހާލަތު އިތުރަށް ހަރުދަނާވެ، އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުންތަކަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ގެންދަނީ އަތޮޅު ތެރޭގައި އެކުންފުނިން ޚިދުމަތްދޭ ގިނަ ޢަދަދެއްގެ ރަށްތަކުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!