ފުވައްމުލަކު ސިޓީގައި ޑައިވިނަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ފުވައްމުލަކު ސިޓީގެ ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
"ބަރެއް ނުވެގެން ހޯދަމުންދާ މީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓެއް ކަމަށް މަޢުލޫމާތު ލިބިފައިވޭ،" އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު 15:45 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!