ހއ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ހުންނަ ހއ. އަތޮޅު މަދަރުސާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހާމަކުރައްވާފައިވާ ގޮތުގައި އެ ކޮމެޓީން ވަނީ ހއ. އަތޮޅު މަދަރުސާއަށް އެހީތެރިވުމުގެ ގޮތުން އެ ސްކޫލަށް އޭސީ އެއް ހަދިޔާކޮށްފައެވެ.
ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އަންނަނީ އެރަށުގެ މުއައްސަސާތަކަށް އެކި ގޮތްގޮތުން މިފަދަ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެރަށުގައި އިތުރު ހަރަކާތްތައް ވެސް ހިންގަން މަސައްކަތް ކުރަމުންނެވެ.
މިގޮތުން އެ ކޮމެޓީން އަންނަނީ މި ފެށޭ މެއި މަހު އެރަށުގައި ހޭންޑް ބޯލް މުބާރާތެއް ފެށުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ ކޮމެޓީއާއި ހޯރަފުށީ ޔޫތު ސެންޓަރު ގުޅިގެންނެވެ.
މީގެ އިތުރުން ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯރަފުށި އަންހެނުން ކޮމިޓީ އާއި ހޯރަފުށި ކައުންސިލް ގުޅިގެން ވަނީ، ރަށުގެ ޚިދުމަތްތެރި ކަނބަލުންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ހަފުލާއެއް ބާއްވާފައެވެ. މި ހަފްލާގައި މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރެއްވި އެ ރަށުގެ ކަނބަލުންނަށް ހިތްވަރުދީ، އެވޯޑް ދީފައި ވެއެވެ. އެ ދާއިރާތަކުގެ ތެރޭގައި ވިޔަފާރިއާއި، ސިއްޙަތާއި، އިގްތިސާދީ ދާއިރާއިންނާއި، ދަނޑުވެރިކަމާއި، ދިވެހި ބޭސްވެރިކަމާއި، ތަޢުލީމީ ދާއިރާއިން އަދި އާއްމު ޚިދުމަތް ތަކުގެ ދާއިރާ ހިމެނެެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!