ށ. ފޭދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ށ. ފޭދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022" އަދި "އިންޓަރ އޮފީސް ހެންޑް ބޯލް މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މިދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 09 ވަނަ ދުވަހު އެވެ.

Ad
rt

މި މުބާރާތްތައް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ފޭދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމާއި އިޖުތިމާޢީ އަދި ކުޅިވަރުގެ ރޫޙް އާލާކުރުމެވެ. ފޭދޫގައި ހުނަރުވެރި ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލް އާއި ހޭންޑްބޯލް ކުރިއެރުވުމާއި، ފޭދޫ ރައްޔިތުންނާއި، ހާއްސަކޮށް ޒުވާނުންގެ ހުނަރުތައް ދައްކާލުމަށާއި، އެކަމުގައި ވާދަކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް އިންތިޒާމީ ގޮތެއްގައި ތަނަވަސް ކޮށްދިނުންމެވެ.

މިދެމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފޭދޫގެ ޓީމްތަކުން، މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި، ޓީމު ލިސްޓް ފުރިހަމަ ކުރެއްވުމަށް ފަހު މެއި 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުމަށް އެދިފައިވެއެވެ.

އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތް 2022

މުބާރާތުގެ ޤަވާޢިދު: https://feydhoo.gov.mv/2074
ފޯމް: https://feydhoo.gov.mv/2077

ކައުންސިލް ފުޓްސަލް މުބާރާތް 2022

މުބާރާތުގެ ޤަވާޢިދު: https://feydhoo.gov.mv/2068
ފޯމް: https://feydhoo.gov.mv/2071