ބ. ދަރަވަންދޫ ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތްތަކަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފިއެވެ.
އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މާލެ ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެވެ.
އެ ކުންފުނިން ބުނީ ދަރަވަންދޫގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހޮޅި އާއި, އެހެނިހެން ތަކެތި ދަރަވަންދު އަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ނަރުދަމާ ނިޒާމުގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.54 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމު ކޮށް, 780 މީޓަރުގެ ޕަންޕިން ލައިން އަޅާނެއެވެ. އަދި ތިން ޕަންޕިން ސްޓޭޝަނާއި, ސީ އައުޓް ފޯލް ގާއިމު ކުރުމާއި, ގެތަކުގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން ނަރުދަމާ ނިޒާމު ހިންގައި، ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.
މިއީ 40 މިލިއަން ރުފިޔާ ގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!