ހުޅުމާލެއިން ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން ހުޅުމާލޭގެ ދެ ސަރަހައްދަކުން 70 ޖާގަ ވަނީ ހުޅުވާލާއިފައެވެ. އެއީ ފެރީ ޓާމިނަލް ކައިރިންނާއި ރެޑްވޭވް މެގަމޯލް ކައިރިންނެވެ. މިއީ ކާރުތައް ޕާކު ކުރަން ދޫކުރާ ޖާގަތަކެކެވެ.
ފެރީ ޓާމިނަލް ކައިރިން ދޫކުރަނީ 50 ޖާގައެވެ. އަދި ރެޑްވޭވް މެގަމޯލް ކައިރިން ދޫކުރަނީ 20 ޖާގައެވެ.
އެޗްޑީސީ އިން ބުނި ގޮތުގައި ހުޅުމާލޭގައި އުޅޭ މީހުންނަށް ހަމަހަމަ އުސޫލަކުން ވެހިކަލް ޕާކު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ޖާގަ ކުއްޔަށް ދޫކުރަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.
އެ ފުރުސަތުގެ ދަށުން ބީލަން ހުށަހެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ވަހުގެ ހެނދުނު 10 އިން 11 އާ ދެމެދު އެޗްޑީސީގެ ހެޑް އޮފީހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!