ހޯރަފުށީ ކައުންސިލުން ދިނުމަށް ނިންމާފައިވާ އެއްގަމު އުޅަނދު ޑްރައިވިން ލައިސެންސް ކާރޑުގެ ޙިދުމަތް 10 އޭޕްރިލް 2022 ވާ އާދީއްތަ ދުވަހުން ފެށިގެން، ދޭން ފެށުމަށް އެ ކައުންސިލުން ނިންމައިފިއެވެ.
މިކަން ހާމަކޮށް އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ލައިސެންސް ކާރޑުގެ ޙިދުމަތް އަލަށް ހޯއްދަވާ ފަރާތްތަކަށާއި ލައިސެންސް ކާރޑުގެ ކެޓަގަރީ އިތުރުކުރުމުގެ ޙިދުމަތް ހޯއްދަވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ދިހަ ފަރާތަށް ކަމަށެވެ.
ލައިސެންސް ކާރޑުގެ ޙިދުމަތަށް މުޅިން އަލަށް އެދޭ ފަރާތްތަކުގެ ފޯމްތަކާއި ލައިސެންސް ކާރޑުގެ ކެޓަގަރީ އިތުރުކުރުމުގެ ޙިދުމަތަށް އެދޭ ފަރާތްތަކުގެ ފޯމްތަށް ބައިލައިގަތުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ 10:00 ން 12:00 އަށް ކަމަށާއި، ޚިދުމަތަށް އެދޭ ފަރާތްތަކުގެ ފޯމްތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކިޔު ތަރުތީބުން، އެންމެ ފުރަތަމަ ފޯމްހުށަހަޅާ ދިހަ ފޯމު ކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ލައިސެންސް ކާރޑުގެ އެހެނިހެން ޙިދުމަތްތައް ހޯއްދަވަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކުގެ ފޯމް ބައިލައިގަތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ 12:00 ން 13:00 އަށެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ލައިސެންސް ކާރޑަށް އެދޭ ފޯމް ހޯރަފުށީ ކައުންސިލްގެ ކައުންޓަރުން ލިބެންހުނާނެ ކަމަށާއި ލައިސެންސް ކާރޑުގެ ޙިމަތަށް އެދޭ ފަރާތްތަކުގެ ފޯމްގައި ބޭނުންވާ މަޢުލޫމާތު ފުރިހަމަކޮށްފައި ނުވާނަމަ އަދި ފޯމާއެއު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް ހަމަނުވާނަމަ އެ ފޯމެއް ބާތިލު ކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!