ހއ.ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވަމުން އަންނަ "ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ލިބުނު ބައިވެރިންގެ ނަންތައް ހާމަކޮށްފިއެވެ
މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ފުރަތަމަ ދެ ދުވަހުއެވެ. މުބާރާތުގައި ޖުމަލް 20 ބައިވެރިން ވާދަކުރި ނަމަވެސް، މުބާރާތް ރާވާލެވިފައި ވަނީ، ފުރަތަމަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 10 ބައިވެރިންނަށް ދެވަނަ ބުރުން ފުރުޞަތު ލިބޭ ގޮތަށެވެ. ވުމާއެކު މުބާރާތުގެ ފުރަތަމަ ބުރުގެ ދެވަނަ ރޭ ވަނީ، ފުރަތަމަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދައި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި 10 ބައިވެރިންގެ ނަންތައް އިޢުލާން ކޮށްފައެވެ.
މުބާރާތުގެ ދެވަނަ ބުރަށް ހޮވިފައިވާ ބައިވެރިންނަކީ:
- ޢާއިޝަތު އަސްމާ އަޙްމަދު، އަސްރަފީގެ/ ހއ.ދިއްދޫ
- ޢަބްދުﷲ ޒައިން ބިން މުޙައްމަދު، ޝެހެނާއީ/ ހއ.ދިއްދޫ
- ޢާއިޝަތު ރީސް ނަސީމް، ވައްޓަރު. ހއ.ދިއްދޫ
- އާމިނަތު ޝިޢުރާ އިބްރާހީމް، ޝެހެނާވިލާ/ ހއ.ދިއްދޫ
- ޢާއިޝަތު ޝައުރާ މުޙައްމަދު، ޝެހެނާވިލާ/ ހއ.ދިއްދޫ
- އާމިނަތު ޝާޔާ މުޙާއްމަދު ޝާހިދު، މާގަލަ/ ހދ.ދިއްދޫ
- މަރްޔަމް އަޒާ އާދިލް، ޖީޒާ/ ހއ.ދިއްދޫ
- ބައްސާމާ ސުލައިމާން، ފުނަކުރި/ ހއ.ދިއްދޫ
- ހުސައިން ޝަހުބާން، މީނާޒް/ ހދ.ދިއްދޫ
- މަރްޔަމް ނާޔާ އަޙްމަދު، އަސްރިފާހައުސް/ ހއ.ދިއްދޫ
މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 07 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 08 އޭޕްރިލް 2022 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގެ ދެވަނަ ބުރުން ފައިނަލް ބުރަށް ކޮލިފައިވާނީ، ދެވަނަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 5 ބައިވެރިންނެވެ. ވުމާއެކު ދެވަނަ ބުރުގައި މުބާރާތުގެ (6،7،8،9،10،) ވަނައަށް އަންނަ ބައިވެރިން ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ޓީވީއެމްއިން ކޮންމެ އަހަރަކު ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދިއްދޫގައި ފުޅާ ދާއިރާއެއްގައި އާންމު މުދާ ވިއްކަމުން އަންނަ ފިހާރައެއް ކަމުގައިވާ "ލިބޭ" ފިހާރައެވެ. އިތުރު ޕާޓްނަރުންގެ ގޮތުގައި މުބާރާތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ޔަލަމްލަމް ހައްޖު އެންޑް އުމަރާ، އެންޒެޑް، ސަން އޮފް ސެއިލަރ، ނިއުމަތް ދޯނި، ދިއްދޫ ކުރިމަގު ޖަމިއްޔާ، އީޒީ ފިލިން، އިހަވަންދޫ ބާބަކިއު ހަޓް، ދިއްދޫ އޮންލައިން، ކުޅުދުއްފުށީ ޑަބްލިއު ކުރާފްޓް، ދިއްގާ ފައުންޑޭޝަން، ދިއްދޫ ޕޮލިސް، ހއ.އަތޮޅު ކައުންސިލް، ހއ.އަތޮޅު ތަޢުލީމީ މަރުކަޒު، ހއ.ދިއްދޫ ކައުންސިލް، ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އަލްޓްރާ ފެޝަން ހިމެނެއެވެ.
އިތުރު ޕާޓްނަރުންގެ ގޮތުގައި މުބާރާތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ހއ.އަތޮޅު ކައުންސިލް އިދާރާ، ދިއްދޫ ކައުންސިލް އިދާރާ، އެންޒެޑް ފިހާރަ، ނިއުމަތް، ދިއްދޫ ޕޮލިސްޓޭޝަން، ދިއްގާ ފައުންޑޭޝަން، ދިއްދޫ ކުރިމަގު، ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން ސަން އޮފް ސެއިލާރސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!