ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

މި ޚިދުމަތް އިހަވަންދޫގައި ފެށުމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އެރަށަށް ވަޑައިގެންފައި ވަނީ ހުސްވި މާރިޗް މަހުގެ 23 ވަނަ ދުވަހުއެވެ.

Ad
rt

މިއީ އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ ޚިދުމަތާއި ގުޅިވަޑައިގަތް ފުރަތަމަ ސްޕެޝަލިސްޓް ޑޮކްޓަރެވެ.

ރޯދަ މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު، ހުކުރު ދުވަސްފިޔަވާ ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް ފޯރުކޮށްދޭން އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ނިންމާފައިވާއިރު، ރޯދަ މަސް ނިމުމުން ހުކުރު ދުވަސް ފިޔަވާ ހަފުތާގެ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 16:00 އަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ މަރުކަޒުން ބުނެއެވެ.

އެޕޮއިންޓްމެންޓް ހެއްދެވުމަށާއި، އިތުރުމައުލޫމާތު ހޯއްދެވުމަށް، އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ 9930501 ނުވަތަ 6500501 ނަމްބަރު ފޯނާ ގުޅުއްވުމަށް އެ ސިއްހީ މަރުކަޒުން އެދެއެވެ.

އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓުގެ ޚިދުމަތް މިއަދު ފެށިގެން ދިޔުމާއިގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ، މިއަދަކީ އިހަވަންދޫގެ ތާރީޚްގައި މުހިއްމު ދުވަހެއް ކަމަށެވެ. އަދި މިއަދަކީ އިހަވަންދޫގެ ތާރީޚްގައި ޙާއްސަ ޑަކުޓަރުންގެ ހިދުމަތް ރަށުން ގާއިމުވެތިބެ ދޭން ފެށުނު ދުވަސްކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.

"މިއަދަކީ ހާއްސަކޮށް ކުޑަކުދިންގެ ޑަކުޓަރުގެ ޙިދުމަތް ރަށުގައި ފެށުނު އުފާވެރިދުވަސް. މިކަމުގެ ސަބަބުން އިހަވަންދޫއާއި އިިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ސިއްޙީހުދުމަތް ހޯދުމުގައި އިހުނަށްވުރެ ބޮޑުލުއިފަސޭހަކަމެއް ލިބިގެންދާނެ. މިދިޔަ 3 އަހަރަކީ އިހަވަންދޫގެ ސިއްޙީހިދުމަތަށް މިހާތަނަށް އެއްމެބޮޑެތި ކުރިއެރުންތަކެއްލިބުން 3 އަހަރުކަންވެސް ފާހަގަކުރެވޭ. މަރުހަބާ އިހަވަންދޫގެ ރައްޔިތުން އަދި އިހަވަންދިއްޕޮޅުގެ ރައްތަކުގެ ރައްޔިތުން." ޝިފާޢު ވިދާޅުވެފަވެއެވެ.

އާންމު ގޮތެއްގައި ސިއްހީ މަރުޒުތަކުގައި ޚާއްޞަ ބަލިތަކުގެ ޑަކްޓަރުން ދާއިމީ ގޮތެއްގައި ނުތިއްބަވައެވެ. ނަމަވެސް އިހަވަންދޫގައި މި އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ އެރަށުގެ ރައްޔިތުންނަށާއި، އެ ސަރަހައްދުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހަކަމެކެވެ.