ހަދަމުންދާ އިމާރާތެއްގެ 5 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ފަރީދީ މަގުގައި ހަދަމުންދާ އިމާރާތަކުންނެވެ. ފުލުހުން ވަނީ މިއަދު 9:52 އެހާއިރު ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށައަޅާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ފުލުހުން ދަނީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
ބިދޭސީ މީހާއަށް މިހާރު އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނައިރު ހާލު ސީރިއަސްކަމަށް މަޢުލޫމާތު ލިބެއެވެ. ފުލުހުން އިތުރަށް ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިމަހުގެ 1 ވަނަ ދުވަހު ހުޅުލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެފައިވެއެވެ.އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ހިޔާ ޓަވަރެއްގެ 10 ވަނަ ފަންގިފިލާއިން ބިދޭސީއެއް ވެއްޓި ވަނީ މަރުވެފައެވެ. މިހާރަކަށް އައިސް މިފަދަ ހާދިސާތައް ހިނގާލެއް ގިނަކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!