ހަނިމާދޫ ސްކޫލްގައި ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ޕްލޭ ސްކޫލް ދަރިވަރުންނަށް ޕްލޭ އޭރިއާއަށް ހަދައިދޭނެ ބަޔަކު ހޯދަން ކުރި ޢިއުލާނުތަކަށް އެއްވެސް ބަޔަކު ކުރިމަތިލާފައި ނުވާތި އެދެމަސައްކަތް އަލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނު ކޮށްފިއެވެ.

ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ގުޅޭގޮތުން ކޮށްފައިވާ ޢިއުލާނުގައިވަނީ އެމަސައްކަތުގެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 އޮކްޓޯބަރު 15 އިން 2019 އޮކްޓޯބަރު 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، ހަނިމާދޫ ސްކޫލަށްދުރުވެ، ނުވަތަ 6520533 ނަންބަރ ފޯނަށް ގުޅުއްވާ، ނަންނޯޓް ކުރެއްވުމަށާއި، ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްކަމަށެވެ.

Ad
rt

ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 2019 އޮކްޓޯބަރު 23 ވާ ބުދަ ދުވަހުގެ 11:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ. އަދި ބިޑް ހުށައެޅުމާއި، ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރު 27 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ.

ޕްލޭ އޭރިއާ ހެދުމުގެ މަސައްކަތާއި، ގުޅޭގޮތުން ކޮށްފައިވާ ޢިއުލާނުގައިވަނީ އެބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮކްޓޯބަރު 16 އިން 2019 އޮކްޓޯބަރު 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، ހަނިމާދޫ ސްކޫލަށްދުރުވެ، ނުވަތަ 6520533 ނަންބަރ ފޯނަށް ގުޅުއްވާ، ނަންނޯޓް ކުރެއްވުމަށާއި، ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްކަމަށެވެ.

ޕްލޭ އޭރިއާ ހެދުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 2019 އޮކްޓޯބަރު 24 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ. ބިޑް ހުށައެޅުމާއި، ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރު 28 ވާ ހޯމަ ދުވަހުގެ 11:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ.

ހަނިމާދޫ ސްކޫލްގައި ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން މީގެ ކުރިން ޢިއުލާން ކޮށްފައިވަނީ 18 ސެޕްޓެމްބަރ 2019 ގައެވެ. އަދި، ޕްލޭ ސްކޫލް ދަރިވަރުންނަށް ޕްލޭ އޭރިއާއަށް ހަދައިދޭނެ ބަޔަކު ހޯދަން ކުރިން ޢިއުލާނު ކޮށްފައިވަނީ 17 ސެޕްޓެމްބަރު 2019 ގައެވެ.