ރީތިރަށް ރިސޯޓުން، ހދ. ނައިވާދޫ ކައުންސިލަށް 50 ބައިސްކަލް ހަދިޔާކޮށްފި އެވެ.

ނައިވާދޫ ކައުންސިލުން ވިދާޅުވީ ރީތިރަށް ރިސޯޓުން އެކައުންސިލަށް ހަދިޔާކޮށްފައިވާ ބައިސްކަލްތައް ހޯދުމުގައި ރީތިރަށުގައި މަސައްކަތްކުރާ ނައިވާދޫ ފެމިލީކުދިންގެ ވަރަށްބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިފައިވާކަމަށެވެ.

Ad
rt

މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށާއި މި ކަމަކީ ނައިވާދޫ އަކީ ތިމާވެއްޓާއި ރައްޓެހި ރަށަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ 2 ވަނަ ބައެއްކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

މީގެ ކުރިންވެސް ރީތިރަށް ރިސޯޓުން މިފަދަ އެހީތެރިކަން އެކިރަށް ދީފައިވެއެވެ.