ހދ. ފިނޭ ކައުންސިލަށް ލަފާދިނުމަށް އިޤްތިސާދީ ކޮމިޓީއެއް އެކުލަވާލުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޮމިޓީ އެކުލަވާލުމަށް ނިންމާފައި މިވަނީ އެރަށު ކައުންސިލުން އިޤްތިސާދީގޮތުން އެރަށް ތަރައްޤީ ކުރުމަށް ރާވަމުންދާ އަދި ކުރަމުންދާ ކަންތައްތަކަށް އެފަރާތްތަކުގެ ލަފާ ހޯދުމުގެ ގޮތުންކަމަށެވެ.

Ad
rt

އެގޮތުން މިކޮމިޓީގެ މެމްބަރަކަށް ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެއިދާރާއަށް ވަޑައިގެން ނުވަތަ އެއިދާރާގެ ނަންބަރު 6520027 ފޯނަށް ގުޅުއްވުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން އޮންލައިންކޮށް (https://docs.google.com/forms/d/1JeHULF74ewlsS3r0CudiNye9tCVPQrmw3gtSBFepq0g/prefill) މިލިންކް މެދުވެރިކޮށްވެސް ނަންނޯޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް، finey.hdh@gmail.com އަށް މެއިލް ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިލައްވާނެއެވެ.