ށ. ފޯކައިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގައި އިންޑޯ ޖިމެއް ޤާއިމްކުރުމަށް ބޭނުންވާ ހޯލުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.
އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 500ރ (ފައްސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެ ކަމަށެވެ.
ފައިސާ ދެއްކުމާއި ބީލަމަށް ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރީވުން އޮންނާނީ 02 މާރޗް 2022 ވާ ބުދަ ދުވަހުން ފެށިގެން 08 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް ފޯކައިދޫ ކައުންސިލްގެ އިދާރާގައެވެ.
މި މަސައްކަތްކުރުމަށް ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކުން 10 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް އެއިދާރާއަށް ވަަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މާރޗް 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 އަށް އެއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށައަޅަން ޖެހޭނެއެވެ.
މީގެއިތުރުން މިމަސައްކަތާއި ގުޅިގެން އިތުރުމަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އެކައުންސިލްގެ މެއިލް info@foakaidhoo-gov.mv އަށް ނުވަތަ ނަންބަރ 6540048 ނުވަތަ 9999689 ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެކައުންސިލުން ވަނީ އެދިފައެވެ.
މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށް އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!