ދިއްދޫ ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުރުއާން މުބާރާތް ނޮވެމްބަރު މަހު

23A13A6E-175A-406A-A60B-012D55535A43

ހއ ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ 7 ވަނަ ޤުރުއާން މުބާރާތް މިއަންނަ ނޮވެމްބަރު މަހުގައި ބޭއްވުމަށް އިޢުލާން ކޮށްފިއެވެ.

އެޖަމިއްޔާއިން އޮކްޓޫބަރ 7 ވަނަ ދުވަހު ކުރި އިޢުލާންގައި އެދިލައްވާފައިވަނީ ނޮވެމްބަރު މަހު ބާއްވާ މުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އެޖަމިއްޔާގެ އިދާރާއަށް ހުށައެޅުއްވުމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2019 އޮކްޓޫބަރ 31 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އެވެ.

މި މުބާރާތުގައި ބަލައިގެން ކިޔުމުގެ ގޮފިން ޖުމްލަ 13 އުމުރުފުރާއަކުން ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައެވެ. އެއީ ނާސަރީ، އެލްކޭޖީ، ޔޫކޭޖީ، ގްރޭޑް 1، ގްރޭޑް 2، ގްރޭޑް 3، ގްރޭޑް 4، ގްރޭޑް 5، ގްރޭޑް 6، ގްރޭޑް 7، ގްރޭޑް 8، ގްރޭޑް 9 އަދި 10 އަދި 21 އަހަރުން މައްޗަށެވެ. ނުބަލާ ކިޔުމުގެ ގޮފިން 21 އަހަރުން މަތި ފިޔަވައި އެހެން ހުރިހާ އުމުރު ފުރާއަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ދިއްދޫ އަކީ ގިނަ ކުލަބް ޖަމިއްޔާތަކެއް ހަރަކާތްތެރިވާ އިޖުތިމާޢީ، ދީނީ އަދި ކުޅިވަރުގެ އެކިކަހަލަ މުބާރާތްތަކާއި ހަރަކާތްތައް އަބަދުވެސް ހިންގަމުން އަންނަ ރަށެކެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި