ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގައި މިސްކިތެއް އަޅަން ބިންގާ އަޅައިފިއެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެމްޓީސީސގެ ސީއީއޯ އާދަމް އާޒިމާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުއެވެ.

Ad
rt

މި މިސްކިތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހަވާލު ކުރީ ފެނަކަ ކޯޕަރޭޝަނާއެވެ.

މިއީ 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް ސަރުކާރުމް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންަޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި ޕިކްނިކް އައިލެންޑަކީ މާލެ ސަރަހައްދުގައި ޕިކްނިކަށް ދާނެ ރަށެއް ނެތުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަެުކާރުން ތަރައްގީ ކުރާ ރަށެކެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްގެ މަސައްކަތް އަންނަ މަހު ނިންމޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.