ހއ. ދިއްދޫގައި "އިލެކްޓްރިކަލް ވަޔަރިން" ކޯހެއް ހިންގުމަށް އެރަށު ކައުންސިލުން ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ދިއްދޫ ކައުންސިލާއި، މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، ފޯނު ނަމްބަރު އަދި "ޑައިލެކްޓްރިކަލް ވަޔަރިން ކޯހުގައި ބައިވެރިވުމަށް އެދި" ލިޔެލެއްވުމަށްފަހު އެއިދާރާގެ ވައިބަރ ނަންބަރު 7285567 އަށް މެސެޖްކުރެއްވުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި ފެށޭ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހުގެ 14:00 އާ ހަމައަށެވެ.
ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ކޯހުގައި ބައިވެރިވުމަށް ވަކި އުމުރު ފުރައެއް ކަނޑައެޅިފައެއް ނުވެއެވެ. ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މަދުވެގެން 15 ފަރާތަކުން ކޯހުގައި ބައިވެރިވުމުންނެވެ.
މީގެއިތުރުން މިކޯހުގައި އެއްވެސް ފީއެއް ދައްކަވަން ނުޖެހޭނެ ކަމަށާއި ކޯހުގައި ކިޔަވައިދެއްވާނީ ޕޮލިޓެކްނިކްގެ ތަޖުރިބާކާރު ބޭފުޅުން ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!