ހަންނާނުގެ ކެމްޕޭން ހިނގާލުމެއް މިއަދު ހަވީރު ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި

ފޮޓޯ: އެމްއެންޕީ
ފޮޓޯ: އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ ކެމްޕޭން ހިނގާލުމެއް މިއަދު ހަވީރު ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެމްއެންޕީން ބުނީ އެ ހިނގާލުން ފެށޭނީ މިއަދު ހަވީރު 4:00 ގައި ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދު، އެޗް12 ކައިރި ބަސް ސްޓޮޕް ކުރިމަތިން ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ހަންނާނަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށް އެމްއެންޕީގެ ފަރާތުން ވަނީ ދައުވަތު އަރުވާފައެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ އަޑު ގާތުން އެއްސެވުމަށްފަހު ރައްޔިތުންގެ އެދޭ ވައުދުތަކެއްގެ މައްޗަށް އެކުލެވޭ ތަސައްވުރަކާއެކު ހަންނާނުގެ ކެމްޕެއިން ހުއްޓުމެއްނެތި ކުރިއަށްދާއިރު އޭނާއާއި އެމްއެންޕީގެ ލީޑަޝިޕްގެ ބޭފުޅުން ކޮމަންޑޫ ދާއިރާއަށް މީގެކުރިން ވަނީ 4 ދަތުރެއް ވެސް ކޮށްފައެވެ.

މީގެއިތުރުން ހަންނާނުވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންގެ އަޑު ގާތުން އެއްސެވުމަށް ދާއިރާގެ ރައްޔިތުން ދިރިއުޅޭ ގޭތަކަށް ވެސް ޒިޔާރަތް ކުރަށްވާފައެވެ.

ކެންޑިޑޭޓު ނަމްބަރު 3، ހަންނާނަކީ ތައުލީމީ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި، އެ ދާއިރާއިން ރައްޔިތުންނަށް 32 އަހަރަށްވުރެ ގިނަ ދުވަހުން ޚިދުމަތްކުރެއްވި ބޭފުޅެކެވެ. މިހާރު ވިޔަފާރީގެ ދާއިރާގެ އުޅުއްވާ ހަންނާން ނިސްބަތްވެވަޑައިގަންނަވަނީ ކޮމަންޑޫއަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި