ވަކި ގޮތެއް އަންގަންދެން ހިޔާ ފްލެޓުތަކަށް ބިލް ނުކުރާނެ: ވެމްކޯ

WAMCO-Hiya

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފެލްޓްތަކަށް، ވަކި ގޮތެއް އަންގަންދެން ބިލް ނުކުރާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން މީގެ ކުރިން ވަނީ ހިޔާގެ އެޕާޓްމަންޓްތަކުގައި އުފެދޭ ކުނި އުކާލުމަށް އެދި ރަޖިސްޓްރީ ކުރުމަށް ވެމްކޯގެ 'ހައުސްހޯލްޑް' ކަލެކްޝަން ހިދުމަތުގެ ފޯމުގައި ބިލް ކުރަން ފަށަން ނިންމައިފައެވެ. ނަމަވެސް އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުން މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ.

ވެމްކޯއިން ބުނިގޮތުގައި އެކުންފުނީގެ ނިންމުން ބަދަލު ކުރީ އެ ސަރަހައްދުގައި މީހުން އާބާދުވަމުންދާ މިންވަރަށް ބަލައި، އަދި އެފަދަ ފަރާތްތަކަށް އިތުރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ކުނި ނެގުމަށް ވެމްކޯއިން ލުޔެއް ދިނުމަށް ނިންމާފައި ވާއިރު، ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތްތައް ނިންމަން ދިން މުއްދަތުވެސް އަދި ހަމައެއް ނުވެއެވެ. ފިނިޝިން ނިންމަން އިތުރު ތިން މަސް ދުވަސް ދިނުމާއެކު، އެ މުއްދަތު ނިމޭނީ މާޗް މަހުގައެވެ. މިއާއެކު ފްލެޓްތަކުގެ ކުލި ނުނަގާ މުއްދަތު ވެސް ވަނީ އިތުރު ކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި