ފިއްލަދޫ އަންހެނުންގެ ކޮމެޓީން މިދިޔަ އަހަރު ހަތް ހަރަކާތެއް ހިންގި

Filladhoo fahaa course

ހއ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މިދިޔަ 2021 ވަނަ އަހަރު މައިގަނޑު 7 ހަރަކާތެއް ހިންގާފައިވާކަމަށް އެ ކޮމެޓީން އާންމުކުރި "ފާއިތުވެ ދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލް ކުރެވުނު މިންވަރާގުޅޭ ރިޕޯޓް 2021" ގައި ބުނެފިއެވެ.

އެގޮތުން އެރިޕޯޓްގައި އެކޮމިޓީއިން ވަނީ ފާއިތުވެދިޔަ އަހަރުގެ އެކޮމީޓީއިން ރޭވި ހަރަކާތްތަކުގެ ތެރެއިން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި އިޤްތިސާދީ ފުދުއްތެރިކަން އިތުރު ކުރުމުގެ ހަރަކާތްތަކުން 100 ޕަސެންޓް ކާމިޔާބު ކަމާއިއެކު ލަނޑުދަނޑި ހާސިލް ވެފައިވާ ކަމަށް ފާހަގަ ކޮށްފައެވެ. މީގެ އިތުރުން އިޖްތިމާޢީ ތަރައްޤީއަށް ހިންގުނު ހަރަކާތްތަކުން 85 ޕަސެންޓް ހާސިލް ވެފައި ވާއިރު ތައުލީމީ ދާއިރާއިން ހާސިލްވެފައިވަނީ 75 ޕަސެންޓެވެ. އަދި އުމްރާނީ ތަރައްޤީ އަށް ހަރަކާތްތައް ހިންގިފައިވަނީ 50 ޕަސެންޓަށެވެ.

މި ރިޕޯޓްގައި މީގެ އިތުރުން ވަނީ ވޭތުވެދިޔަ އަހަރު ކުރިއަށް ގެންދެވުނު ހަރަކާތްތަކާއި މިއަހަރު ކުރިއަށް ރާވާފައިވާ ހަރަކާތްތައް ވެސް ހިމަނާލާފައެވެ. މީގެ އިތުރުން އެކޮމިޓީގެ ބައްދަލުވުންތަކާއި އާމްދަނީ އަދި ޚަރަދުތަކުގެ ތަފްސީލްވެސް ބަޔާން ކޮށްފައިވެއެވެ.

އެ ކޮމެޓީން 2021 ވަނަ އަހަރު ހިންގި ހަރަކާތްތައް

  • 10 އޮކްޓޯބަރ 2021 ން 12 ނޮވެމްބަރ 2021 އަށް ފަހަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުނު
  • 01 އޮކްޓޯބަރ 2021 ވަނަ ދުވަހު ޢުމުރުން ދުވަސްވީ މީހުންނަށް ހުދިޔާ ޕެކޭޖް ހަވާލުކުރުން
  • 19 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ސްކޫލްގެ ކުލާސްރޫމް ތަކުގެ ފާރުގައި ހަރުކުރާ ޖާޑި ހަވާލުކުރުން
  • 05 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ޕާރކް ހެދުމުގެ މަސައްކަތްފެށި ކުރިއަށްދިއުން
  • 08 އޮގަސްޓް 2021 ވަނަ ދުވަހުން ފެށިގެން އަންހެނުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްކުގެ ބޮޑުބައެއްވަނީ ނިމިފަ
  • 1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހު ބޮނޑިކެއުމުގެ ހަރަކާތެއް ކުރިއަށް ގެންދެވުނު
  • 27 ނޮވެމްބަރ 2021 އިން 31 ނޮވެމްބަރ 2021 އަށް އެވެއާރނަސް ޕްރޮގްރާމެއް ހިންގުނު

ފިއްލަދޫ އަންހެނުންގެ ކޮމިޓީއިން ބުނެފައިވާ ގޮތުގައި އެކޮމިޓީގެ އަމާޒަކީ އަންހެނުން ކުރިއެރުވުމަށް އެކިއެކި ދާއިރާތަކުން ހުރި ފުރުސަތުތައް ހޯދައިދީ ފުދުންތެރި ، އުފެއްދުންތެރި، ހޭލުންތެރި އަދި ޤާބިލް ބައެއްގެ ގޮތުގައި އަންހެނުން ބިނާ ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިން އިޤްރާރްގައި ސޮއިކޮށް، މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި