އުތީމުގައި އަލަށް އިމާރާތްކުރި އިންޖީނުގެ މަސައްކަތްނިމި ޚިދުމަތް ދިނުމަށް ތައްޔާރުވަނީ

utheemu fenaka

ހއ. އުތީމުގައި ފެނަކަ ކޯޕަރޭޝަން އިން އަލަށް އިމާރާތްކުރި އިންޖީނުގެ މަސައްކަތް ނިމި ޚިދުމަތް ދިނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވާންފަށައިފި އެވެ.

އުތީމު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުޙައްމަދު ހަމްދޫން ވިދާޅުވީ އެރަށުގައި އަލަށް އިމާރަތް ކުރެވުނު އިންޖީނުގެ މިހާރުވަނީ އިމާރަތްކޮށް ނިމި ރީލޮކޭޝަން ކުރުމުގެ މަސައްކަތް ފެށިފައި ކަމަށެވެ.

މިކަމަށް ބޭނުންވާ ސާމާނުތައްވެސް ވަނީ ފެނަކަ އިން އެރަށަށް ފޮނުވާފަ ކަމަށްވެސް ހަމްދޫން ވިދާޅުވި އެވެ.

އޭގެތެރޭގައި 400 ކިލޯވޯޓްގެ އައު ޖަނަރޭޓަރެއްވެސް ހިމެނެއެވެ. ސަރުކާރުން ވަނީ އުތީމު ގެ ކަރަންޓް ޙިދުމަތް އިތުރު ހަރުފަތަކައް ގެންގޮސްދިނުމުގެ ގޮތުން އައު އިންޖީނުގެ އެއް އިމާރަތް ކޮށް 400 ކިލޯވޯޓް ގެ އައު ދެ ޖަނަރޭޓަރ ވަނީ ފޮނުވިފަ އެވެ.

"މިކަމައްޓަކައި ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު އަބްދުއްﷲ އަށާއި ފެނަކަ ކޯޕަރޭޝަން އެމްޑީ އަޙްމަދު ސައީދު މުޙައްމަދު އަށް ޝުކުރު ދަންނަވަން"

އުތީމު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުޙައްމަދު ހަމްދޫން ވިދާޅުވި އެވެ.

ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައި ވަނީ 9 ފެބުރުވަރީ 2019 ގައެވެ. 973 މީހުންގެ އާބާދީއެއް އޮންނަ މިރަށުގައި އަލަށް އިމާރާތް ކުރެވޭ އިންޖީނުގޭގެ ސަބަބުން ރަށުގެ ކަރަންޓުގެ ހާލަތު އިތުރަށް ހަރުދަނާވެ، އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުންތަކަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ގެންދަނީ އަތޮޅު ތެރޭގައި އެކުންފުނިން ޚިދުމަތްދޭ ގިނަ ޢަދަދެއްގެ ރަށްތަކުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި