ހއ. ދިއްދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ.
އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ، އެ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މާދަމާ، 24 ޖެނުއަރީން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ހަމައަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަން އަށް ވަޑައިގެން ނުވަތަ info@hadhidhoo.gov.mv މި އެޑްރެހަށް މެއިލް ކުރައްވައިގެންވެސް ރަޖިސްޓްރީ ފޯމް ހުށައެޅޭނެ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.
މިބީލަން ހުށަހެޅުމަށް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:45 ގައި އެކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.
މިބީލާމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6500019 ފޯންއާއި ގުޅުއްވުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!