ރައީސް ޞާލިޙް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Raees Solih

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެ މަނިކުފާނު ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ހުންނެވީ ޢާއިލާއާއި އެކަހެރިވެވަޑައިގެން ކަމަށެވެ.

އަދި، ޕޮޒިޓިވްވި ކަމުގައިވިޔަސް އެމަނިކުފާނުގެ ޙާލުކޮޅު މިވަގުތު ރަނގަޅު ކަމަށެވެ.

ކޯވިޑަށް ޕޮޒިޓިވްވިކަން ހާމަކުރަށްވާ ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ އަތޮޅު ތެރެއަށް ދަތުރުކުރަށްވަން ރޭގައި ޕީސީއާރު ޓެސްޓް ހެދުމުން ކަމަށެވެ.

"މާތް ﷲ ރަޙްމަތްފުޅުން މިވަގުތު ހާލު ރަނގަޅު، މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން" ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.

ރައީސް ޞާލިޙް ކޯވިޑަށް ޕޮޒިޓިވްވެފައި މިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާއަކަށް މިއަދު އެ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ. މިރޭ ފޯކައިދޫގައި ބާއްވަން ނިންމާފައިވާ އެ ޖަލްސާގައި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޞާލިޙް ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނޭހެން ގިނަބަޔަކު އަންނަނީ ރައީސަށް އަވަސް ޝިފާއަކަށް އެދި ދުޢާ ފޮނުވަމުންނެވެ.

ނައިބު ރައީސް ފައިޞަލް ވެސް ވަނީ މިދިޔަ އަހަރު މެއި މަހު ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ރައީސް ޞާލިޙް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖެ މިވަގުތު އޮތީ ކޯވިޑްގެ އައު ރާޅެއްގެ ދަށުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ﷲ ގެ އިރާދަފުޅު ނިކަން ދެކިބަލަ. މީގެން ދޭހަވަނީ، ކޮމަންޑޫ ގޮނޑި ހޯދުމަށް ކެނެރީގޭ ނަޝީދަށް ހިތްވަރުދިނުމަށް ރައީސް ޞާލިޙް މަސައްކަތްޕުޅު ނުކުރައްވައި ﷲ އަށް އަޅުކަންކުރުމަށް ގޭގައި އެކަހެރިވެގެން ހުންނާށޭ. ބޮން ގޮއްވައި އަންނި މަރާލުމުގަ ރައީސް އިބޫގެ އަތެެއް ވެޔޭ ކިޔާފަ އެވަރުގެ ބޮޑެތި އިލްޒާމުތައް އެޅުވީ ރައްޔިތުންގެ މޫނުގައި އަނދުނެއް އަޅުވާލައި ސިމްޕަތީ ހޯދަންކަންވެސް މިއަދު ހާމަވެއްޖެ.

  2. ﷲ ގެ އިރާދަފުޅު ނިކަން ދެކިބަލަ. މީގެން ދޭހަވަނީ، ކޮމަންޑޫ ގޮނޑި ހޯދުމަށް ފާޅުގައި ބުރުގާ ބޭންކުރުމަށް ގޮވާލާ ހަސަން ކުރުސީ/ކެނެރީގޭ ނަޝީދަށް ހިތްވަރުދިނުމަށް ރައީސް ޞާލިޙް މަސައްކަތްޕުޅު ނުކުރައްވައި ﷲ އަށް އަޅުކަންކުރުމަށް ގޭގައި އެކަހެރިވެގެން ހުންނާށޭ. ބޮން ގޮއްވައި އަންނި މަރާލުމުގަ ރައީސް އިބޫގެ އަތެެއް ވެޔޭ ކިޔާފަ އެވަރުގެ ބޮޑެތި އިލްޒާމުތައް އެޅުވީ ރައްޔިތުންގެ މޫނުގައި އަނދުނެއް އަޅުވާލައި ސިމްޕަތީ ހޯދަންކަންވެސް މިއަދު ހާމަވެއްޖެ. ﷲ ގެ އިރާދަފުޅު އަމާޒުވަނީ ވަކި މީހަކު ބުނެފައެއް ނޫން. ﷲއަށްވުރެ ބާރުގަދަ އެއްވެސް ފަރާތެއް ނުވޭ. ރައީސް ވިޔަސް އިރާދަފުޅަށް ފިލައިގެނެއް ނޫޅެވޭނެ. ތައުބާވެ ދީނުގެ ހުކުމްތަކަށް ގުރުއާނާ ސުންނަތް ނޫން އެހެން ހައްލެއް ހޯދުމަށް ވަކާލަތުކުރާ މީހުންނަށް ފުރަގަސް ދޭންޖެހޭ. ކޮވިޑަކީ އިމްތިޙާނެއް.

    1. އިބޫ އަކީ ދޮގު ނަހަދާނެ މީހެއްކަމަށްހީކުރިން. އިތުބާރު ކުރެވުނު އިބޫއަށް. އެކަމަކު މިއަދު ވަރަށް ދެރަވެއްޖެ އަންނި އާ އިބޫއަކީ ސީދާ ހަމަ އެކައްޗެއްކަން ފަޅާއެރީމަ. އެމް.ޑީ.އެން

      އެމް.ޑީ. އެން. އައުޓް. އިންޑިއާ އައުޓް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި