އުރީދޫ މޯލްޑިވްސް އިން ކްރޭޒީ ރޭސްގެ ނަމުގައި ވަރަށް ފޯރިގަދަ އެސްއެމްއެސް މުބާރާތެއް އިއްޔެ ތައާރަފްކޮށްފި އެވެ.
މި މުބާރާތުގެ ބައިވެރިންނަށް ލިބިގެންދާ އިނާމުތަކުގެ ތެރޭގައި ސެމްސަންގް ބަޑްސް، އެޕަލް އެއާޕޮޑް، ގެލެކްސީ ވޮޗް، އެޕަލް ވޮޗް، ސެމްސަންގް ގެލެކްސީ އެސް 10 އަދި ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ޖެޓްސްކީ އެއްވެސް ހިމެނެ އެވެ.
ކްރޭޒީ ރޭސްގެ ކުޅުންތެރިންގެ އަމާޒަކީ، އަހާލެވޭ ތަފާތު ސުވާލުތަކަށް ވީހާ ވެސް އަވަހަކަށް ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. މިގޮތުން، ސުވާލުތަކަށް ޖަވާބު ދޭ ސްޕީޑް އަވަސް ވާ ވަރަކަށް، ލިބޭ ޕޮއިންޓު ވެސް އިތުރު ވެގެންދާނެ އެވެ. އެކި ލެވެލްތަކަށް ބެހިފައިވާ މި ސުވާލު މުބާރާތުގައި ކުރެވޭނީ ކާރު، ރޭސިން އަދި ބައިކިންއާ ބެހޭ ތަފާތު ސުވާލުތަކެވެ.

ތިން މަސް ދުވަހަށް ކުރިއަށްދާ މި އެސްއެމްއެސް ސުވާލު މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެހުމަށް ފަހު 4242 އަށް އެސްއެމްއެސް ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެ އެވެ.
Introducing Crazy Race, an interactive SMS based game with exciting prizes including Galaxy Buds, Airpods, Galaxy Watch, Apple Watch and more. Top player of the month wins a Samsung Galaxy S10 and the Grand Prize lucky Winner wins a Jet Ski!
To start playing now SMS “GO” to 4242 pic.twitter.com/61CCogd64v— Ooredoo Maldives (@OoredooMaldives) October 7, 2019
ކްރޭޒީ ރޭސްގައި ބައިވެރިވާ ކުޅުންތެރިންނަށް އަގުހުރި އިނާމުތަކެއް ހާއްސަކުރެވިފައި ވާއިރު، ކޮންމެ ހަފްތާ އަކު، ކޮންމެ މަހަކު އަދި މުޅި މުބާރާތް ނިމުމާ އެކު ކުޅުންތެރިންނަށް ލިބޭ އިނާމުތަކެއް ހިމެނެ އެވެ. އެގޮތުން، ލަކީ ޑްރޯ މެދުވެރިކޮށް ކޮންމެ ހަފްތާ އަކު ލިބޭ އިނާމުތަކުގެ ތެރޭގައި ސެމްސަންގް ބަޑްސް، އެޕަލް އެއާޕޮޑް، ގެލެކްސީ ވޮޗް އަދި އެޕަލް ވޮޗް ހިމެނެ އެވެ. މީގެ އިތުރުން، ކޮންމެ މަހެއްގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ސެމްސަންގް ގެލެކްސީ އެސް 10 ފޯނެއް ލިބޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!